އުރީދޫ ހަދިޔާ ފޮށިން އިނާމު ލިބުން ފަރާތްތަކާ އިނާމު ހަވާލުކޮށްފި

Fri, 26 Apr 2024 10:15 AM

View on this article on ThePress.mv

އުރީދޫ ހަދިޔާ ފޮށިން އިނާމު ލިބުން ފަރާތްތަކާ އިނާމު ހަވާލުކޮށްފި

ނިމިގެން މިދިޔަ ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫއިން ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.



އުރީދޫގެ ހެޑްކުއާޓާގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށް ވެސް އިނާމު ހަވާލުކޮށްފައެވެ.

އުރީދޫގެ ހަދިޔާ ފޮށީގެ އިނާމުތަކުގެ ގޮތުގައި އުރީދޫއިން ވަނީ އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗާތައް ނަސީބުވެރިންނަށް ހަވާލުކޮށްފައެވެެ. އަދި ޑޭޓާ ޕެކް، ގޭމިން ޕެކްގެ އިތުރުން ގިނަ އިނާމު ތަކެއް މި އަހަރުގެ ހަދިޔާފޮށީގައި ވަނީ ހިމަނާފައެވެ.

އުރީދޫގެ ސީއީއޯ ހުސައިން ނިޔާޒް ވަނީ ހަދިޔާ ފޮށީގައި ބައިވެރިވެ އިނާމު ހޯދި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ، ހުސައިން ނިޔާޒް ވިދާޅުވީ މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަންކޮށް، އާ ކަންކަން ކަސްޓަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް ކަމަށެވެ.

އުރީދޫއިން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހަދިޔާފޮށި ކުރިއަށް ގެންގޮސްފައެވެ. މިއީ ހަދިޔާފޮށި ކުރިއަށް ގެންދިޔަ 2 ވަނަ އަހަރު ކަމަށް ވާއިރު މި އަހަރު ވެސް ނިމިގެން ދިޔައީ ވަރަށް ވެސް ކާމިޔާބު ކަމަށް ހުސައިން ނިޔާޒް ވިދާޅުވިއެވެ.



More from ThePress.mv