"ވޯލްޑް ޓްރެވަލް އެވޯޑް" ގެ 4 ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް

Mon, 06 May 2024 04:50 PM

View on this article on ThePress.mv

"ވޯލްޑް ޓްރެވަލް އެވޯޑް" ގެ 4 ޝަރަފުވެރި އެވޯޑެއް ރާއްޖެއަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދުބާއީގައި ބޭއްވި އިންޑިއަން އޯޝަން ކެޓަގަރީގެ ވޯލްޑް ޓްރެވެލް އެވޯޑްސް އިން ދިވެހިރާއްޖެ 4 ޝަރަފުވެރި އެވޯޑެއް ހޯދައިފިއެވެ.



ރާއްޖެއިން ހޯދާފައިވާ އެވޯޑުތައް:

  1. އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން
  2. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން
  3. އިންޑިއަން އޯޝަންސް ގްރީން ޑެސްޓިނޭޝަން
  4. އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން

އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑާ ހަވާލު ވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެވެ. އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ހަވާލުވެވަޑައިގެންފައިވާއިރު، އިންޑިއަން އޯޝަންސް ގްރީން ޑެސްޓިނޭޝަން އެވޯޑާއި ހަވާލުވެވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކެޓިވް ފާތިމަތު ތައުފީގެވެ. އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑާއި ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް ޑެވެލޮޕްމެންޓުގެ އެޑްވައިޒަރު މުހައްމަދު ހަލީލް އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި އެވޯޑުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއް ގޮތުގައި ރާއްޖެ މެދުކެނޑުމެއް ނެތި ދެމި އޮތް ކަން ހާމަވެގެން ދާކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަގު ފަހި ވެގެން ދާނެ ކަމަށެވެ.

1993 ވަނަ އަހަރު ތައާރަފް ކުރެވުނު ވޯލްޑް ޓްރެވެލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ހިމަނާފައިވަނީ 2003 ވަނަ އަހަރެވެ. މީގެ ކުރިން ދިވެހިރާއްޖެއިން ވަނީ 17 ފަހަރު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު އަދި 6 ފަހަރު ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑު ހޯދާފައެވެ. އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑުވެސް ވަނީ 9 ފަހަރެއްގެ މަތިން ހާސިލުކޮށްފައެވެ.



More from ThePress.mv