ސްކޫޕް ގޯޅިއަށް ކުނި އަޅަމުންދިޔަ ބިދޭސީއެއް ޖޫރިމަނާކޮށް، ކައުންސިލުން އެދުނީ އެފަދަ ފަރާތްތަކުގެ ފޮޓޯ ފޮނުވުމަށް

Mon, 06 May 2024 04:08 PM

View on this article on ThePress.mv

ސްކޫޕް ގޯޅިއަށް ކުނި އަޅަމުންދިޔަ ބިދޭސީއެއް ޖޫރިމަނާކޮށް، ކައުންސިލުން އެދުނީ އެފަދަ ފަރާތްތަކުގެ ފޮޓޯ ފޮނުވުމަށް

ސްކޫޕް ގޯޅިގަނޑު ތެރެއަށް ކުނި އަޅަމުންދިޔަ ފަރާތެއް ޖޫރިމަނާކޮށްފިއެވެ.



މާލެ ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް އެ ސަރަހައްދަށް ކުނި އަޅާފައި ވަނީ ބިދޭސީއެއް ކަމަށެވެ.

އަދި އެފަދަ އަމަލެއް ހިންގާތަން ފެނިއްޖެނަމަ ފޮޓޯ/ވީޑިއޯ ސިޓީ ކައުންސިލްގެ ނަންބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްދިނުމަށް އެ އިދާރާއިން ވަނީީީީ އެދެފައެވެ.

މާލޭ މަގުމައްޗަށް ކުނިއަޅާ މީހުން ހޯދުމަށް މާލެ ސިޓީ ކައުންސިލުން ދަނީ ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން މަގުމައްޗަށް ކުނި އަޅާ ބަންގްލަދޭޝްގެ ރައްޔިތަކު ހޯދާ އޭނާ ޑީޕޯޓު ކުރަން ސިޓީ ކައުންސިލުން ވަނީ އިމިގްރޭޝަނާވެސް ހަވާލު ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ ކުނި އަޅާކަން ފާހަގަ ކުރެވިގެން ބެލި ބެލުމުން ހޯދުނު ބަންގްލަދޭޝް މީހާ އަކީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން އެނގިފައި ވާ ކަމަށެވެ. އެހެން ކަމުން އޭނާ ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށާއި އިމިގްރޭޝަނާ ގުޅިގެން އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް ކުނި އަޅާ ފަރާތްތައް މާލެ ސިޓީ ކައުންސިލުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

ހުސްވި ރޯދައާ ދިމާކޮށް މާލޭގެ އެކިއެކި ގޭގެ ސާފުކޮށް އާންމުން މަގުތަކަށް ކުނިއެޅުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް އުނދަގޫވެ އާންމު އުނދަގުލަކަށް އެކަން ވުމުން ސިޓީ ކައުންސިލުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާ މާލެ ތެރެ ސާފު ކޮށްފައެވެ. ރޯދަމަހާއި އަދި އޭގެ ފަހުން މި ވީ މުއްދަތާ އެއްކޮށް މާލެ ތެރޭ ސާފު ކުރި އިރު 100 އެއްހާ ކޮންޓޭނަރުގެ ކުނި މާލެތެރެއިން ނަގާފައި ވާކަން ފާދަ ކުރެވުނެވެ.



More from ThePress.mv