ބީއެމްއެލްގެ ފާހަގަކުރެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

Sat, 27 Apr 2024 12:31 AM

View on this article on Sun Online

ބީއެމްއެލްގެ ފާހަގަކުރެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.



މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ މުވައްޒަފުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ އެ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްފައެވެ.

މިގޮތުން، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓޫމްކޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓުގެ މެންބަރުން ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.

އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ ޝަރަފުވެރި އެވޯޑް ދީފައި ވަނީ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގް އަހުމަދަށެވެ.

ބީއެމްއެލްގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ބޭއްވި އަހަރީ މުވައްޒަފުންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

އޭގެއިތުރުން، ސީއީއޯގެ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ނައިފަރު ބްރާންޗުން ހޯދިއިރު، ބެސްޓް ލީޑާ އެވޯޑް ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގެ އަލީ ފާރިޝް ޚަލީލަށް ވަނީ ލިބިފައެވެ.

ޓާމިނަލް މެނޭޖްމަންޓް ޔުނިޓްގެ ބެސްޓް މެނޭޖަރުގެ އެވޯޑް އަޒާން ރަޝީދަށް ލިބުންއިރު، ވޭތުވެދިޔަ އަހަރު މޮޅުވި މުވައްޒަފުންނާއި ޓީމުތަކަށް އެވޯޑް ވެސް ވަނީ ހަވާލުކޮށްފައެވެ.

އޭގެތެރޭގައި، އެންމެ މޮޅު އަތޮޅު ގޮފި، އެންމެ މޮޅު އަތޮޅު މުވައްޒަފު، އެންމެ މޮޅު ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކާލް ވިދާޅުވީ އަހަރުން އަހަރަށް ކޮމިޓްމަންޓާއި މޮޅުކަން ދައްކަމުން ގެންދާ ބޭންކުގެ ޓީމާ މެދު ފަޚުރުވެރިވާ ކަމަށެވެ.

މިރޭ އެވޯޑް ލިބުނު މުވައްޒަފުންނަށް ވަރަށް ބޮޑަށް ސާބަސް، ތިޔަބޭފުޅުންގެ ނަމޫނާ ޕާފޯމަންސާއެކު ބޭންކް ކާމިޔާބީއާ ދިމާއަށް ގެންދޭ," ކާލް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ބޮޑު ބޭންކިން ނެޓްވޯކެއް އޮންނަ އަދި ރާއްޖޭގައި ވަޒީފާދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.

އެ ކުންފުނީގެ %99 އަށްވުރެ ގިނަ މުވައްޒަފުންނަކީ ދިވެހިން ކަމަށާއި ތިންބައިކުޅަ އެއްބައި މީހުންނަކީ އަތޮޅުތަކުގައި ތިބި މީހުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.



More from Sun Online