ރަހީނު ކުރި މައްސަލައަކާއި ގުޅިގެން އަންހެނަކާއި ފިރިހެނަކު ބަންދުކޮށްފި

Sat, 01 Jun 2024 07:48 PM

View on this article on Raajje.mv

ރަހީނު ކުރި މައްސަލައަކާއި ގުޅިގެން އަންހެނަކާއި ފިރިހެނަކު ބަންދުކޮށްފި

ރަހީނު ކުރި މައްސަލައަކާއި ގުޅިގެން އަންހެނަކާއި ފިރިހެނަކު ބަންދުކޮށްފިއެވެ.



މި މައްސަލައިގައި ފުލުހުންއެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި އަންހެނަކާއި، 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެމީހުންގެ ބަންދަށްވެސް ދީފައިވަނީ 15 ދުވަހެވެ.

މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ރަހީނުކޮށް ބިރުދައްކާ ތޫނު ހަތިޔާރު ބޭނުންކޮށް ފައިސާ ހޯދުމުގެ ކުށުގެ ދައުވާއެވެ. އަދި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

Advertisement

ބަންދު އަމުރުގައި ބުނެފައިވަނީ މި ދެމީހުން ބަންދުގައި ބަހައްޓަން އަމުރުކުރަންޖެހޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއް (ތުހުމަތެއް ވުޖޫދުވާ މިންވަރު) ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މި ދެމީހުންވެގެން މީހަކު ކޮޓަރިއަކަށް ވެއްދުމަށްފަހު އޭނާގެ އަތުން ފައިސާ ފޭރުނުކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ތަހުގީގަށް ލިބިފައިވާ ބަޔާނާއި ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތައް ހެކީގެ ގޮތުގައި ވަނީ ހުށަހެޅިފައެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މުޖްތަމައުގެ ސަމާލަތާއި ރައްކާތެރިކަމަށްޓަކައި، އަދި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ، (1) ހައްޔަރު ބަންދު ރެކޯޑް ހިމެނޭ (3) އަމަލީ ގޮތުން ކުށްކުރުމުގައި ބައިވެރިވުން އަދި (6) ޖަމާއަތް ހަދައިގެން ރާވައިގެން ކުށްކުރުން ހިމެނެއެވެ.



More from Raajje.mv