ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ބައިނަލްއަޤުވާމީ ޤާނޫނުތައް - ޢައްސާން

Sat, 01 Jun 2024 07:46 PM

View on this article on Raajje.mv

ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ބައިނަލްއަޤުވާމީ ޤާނޫނުތައް - ޢައްސާން

ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ބައިނަލްއަޤުވާމީ ޤާނޫނުތައް ކަމަށް ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.



ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސް އިން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024"ގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ބައިނަލްއަޤްވާމީ ޒިންމާތަކެއް އުފުލަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، އިންޑިއާ ކަނޑުގައި ވިޔަފާރީގެ ދަތުރުތައްކުރާ ފަރާތްތަކުގެ ރައްކާތެރިކުރުމުގެ ޒިންމާ ރާއްޖެއިން އުފުލަން ޖެހޭކަމަށެވެ. މިނިސްޓަރ ވަނީ ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް ދަތިކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ މިނިވަންކަމަށް ލިބޭ އެންމެ ބޮޑު ޔަޤީންކަމަކީ ބައިނަލްއަޤުވާމީ ޤާނޫނުތައް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ބައެއްޤައުމުތަކުން އެ އަގު ކުރުންތައް ދޫކޮށްލުމަކީ ކުދި ޤައުމުތަކަށް އޮތް ގޮންޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ޤަައުމުތަކުން ހަރުދަނާ ގުޅުންތައްކެއް އުފައްދަންޖެހޭކަމަށާއި އެފަދަ ގުޅުންތައް ކުދި ޤައުމުތަކުގެ ބޭރުންވެސް އުފައްދަން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން ދިފާޢީ ގުޅުން ޤާއިމްކުރާނެ ކަމަށާއި، އެއްވެސް ޤައުމެއްގެ ސިފައިން ދާއީމީކޮށް ޤާއިމްވެ ތިބެން ދިވެހި ސަރުކާރުން ދެކޮޅު ކަމަށް ވިދާޅުވެފައިވެއެވެ. ސަރުކާރުން ރާއްޖޭގެ ސުލްހައާއި، ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަން ޤާއިމްކުރުމަށް އިސްކަން ދޭކަމަށް ޢައްސާން ވިދާޅުވިއވެެ. އަދި ދިވެހިރާއްޖޭގެ އަމިއްލަ ދިފާއީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރުވެސް މަސައްކަތް ކުރާ ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އުއްމީދަކީ ދުނިޔެ ޤަބޫލުކުރާ މިންގަނޑުތައް ރާއްޖޭގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކުރިއެރުވުން ކަމަށެވެ. ހަމައެހެންމެ ގައުމުތަކާއި އެކު ގުޅުންތައް ދެމެހެއްޓައި، އިތުރު ގުޅުތައް ޤާއިމްކުރެއްވުމަށް ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.

އައިއައިއެސްއެސް ޝަންގްރިއްލާ ޑައިލޮގަކީ އޭޝިއާގެ ޕްރިމިއާ ޑިފެންސް ސަމިޓެއް ކަމަށް ވާއިރު މިއަހަރުގެ މި ބައްދަލުވުން ކުރިއަށްދަނީ 31 މެއި–2 ޖޫންއަށް ސިންގަޕޫރުގައެވެ.



More from Raajje.mv