އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގެތަކަށް ފެންވަދެއްޖެ

Fri, 26 Apr 2024 11:30 PM

View on this article on Raajje.mv

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގެތަކަށް ފެންވަދެއްޖެ

އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުން ލިބެމުން އެބަދެއެވެ.



އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިވަގުތު ފޭދޫގެ 30 އަށް ވުރެގިނަ ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ. އަދި ފޭދޫ އަވަށު އޮފީހާއި، ފުލުހުންނާއި ، އެމް.އެން.ޑީ.އެފް އިން ހާލުގައި ޖެހިފައިވާ ގެތަކަށް ދަނީ އެހީތެރިކަން ފޯރުކޮއްދެމުންކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެއިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ވިއްސާރައާ ގުޅިގެން ރަށުތެރޭގައި ފެން ބޮޑުވެފައިވާތީ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކޮނެފައިވާ ވަޅުތަކަށާއި ލިންކު ރޯޑުގައި ހެދިފައިވާ ވަޅުތަކުގެ އިތުރުން ވިއްސާރަވުމުގެ ސަބަބުން މަގުތަކުގައި އިތުރަށް ހެދިދާނެ ވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުންވެސް ވަނީ ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފައެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ މިރޭ މެންދަމު 12:30 އާ ހަމައަށް އެސިޓީއަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ.



More from Raajje.mv