އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފި

Tue, 07 May 2024 12:00 PM

View on this article on Raajje.mv

އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފިއެވެ.



މި ޙާދިސާއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ ގިނަ ބަޔަކު ތިބި ތަނެއްގައި ބިދޭސީ މީހާ އެއާޕޯޓު މުވައްޒަފުގެ ގައިގައި ޖަހާ ތަނެވެ. އޭގެ ފަހުން އޭނާ ހުއްޓުވަން އުޅުނު އެހެން މުވައްޒަފެއްގެ ގައިގައި ޖަހާ މަންޒަރުވެސް ފެނެއެވެ.

އެކަން ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެހެންނަމަވެސް މިކަން ހިނގާން މެދުވެރިވި ސަބަބު އަދި ނޭނގެއެވެ.

ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



More from Raajje.mv