ވަޒީރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ

Fri, 26 Apr 2024 10:41 PM

View on this article on Raajje.mv

ވަޒީރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަނީ

މި ސަރުކާރުގެ މިނިސްޓަރުންނާ އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ" ގެ ތިން ވަނަ ފޯރަމް ހޯމަ ދުވަހުގެ ރޭ އޮންނާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.



މި ފޯރަމްގައި މި ފަހަރު ފަސް މިނިސްޓަރަކު ބައިވެރިވެ ވަޑައިގަންނަވައެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔާ އެޑިއުކޭޝަން އަދި ލޭބާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

މި ފަހަރުގެ ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އޭއެޗް ޖެހުމަށް ފަހު ހުސްތަންކޮޅެއް ދިނުމަށް ފަހު ސުވާލު ލިޔެ 300 އަށް ސުވާލު ފޮނުވޭނެއެވެ.

"އަހާ"ގެ ފުރަތަމަ ފޯރަމް ޖެނުއަރީ ފަހުކޮޅު ބޭއްވިއިރު، ފަސް ވަޒީރަކު ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. ދެ ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.



More from Raajje.mv