އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ޝަރުތުތަކަކާއެކު ދޫކޮށްލައިފި

Tue, 07 May 2024 07:52 PM

View on this article on Raajje.mv

އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ޝަރުތުތަކަކާއެކު ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މީހާ ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.



މި ޙާދިސާއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ ގިނަ ބަޔަކު ތިބި ތަނެއްގައި ބިދޭސީ މީހާ އެއާޕޯޓު މުވައްޒަފުގެ ގައިގައި ޖަހާ ތަނެވެ. އޭގެ ފަހުން އޭނާ ހުއްޓުވަން އުޅުނު އެހެން މުވައްޒަފެއްގެ ގައިގައި ޖަހާ މަންޒަރުވެސް ފެނެއެވެ.

އެކަން ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެހެންނަމަވެސް މިކަން ހިނގާން މެދުވެރިވި ސަބަބު އަދި ނޭނގެއެވެ.

ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

އަދި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އެމީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.



More from Raajje.mv