ޗައިނާއާއެކު ވެފައިވާ އެއްބަސްވުން ހާމަނުކުރާނެކަމަށް ސަރުކާރުން ބުނެފި

Tue, 07 May 2024 08:36 PM

View on this article on Raajje.mv

ޗައިނާއާއެކު ވެފައިވާ އެއްބަސްވުން ހާމަނުކުރާނެކަމަށް ސަރުކާރުން ބުނެފި

ޗައިނާއާއެކުވި އެއްބަސްވުން ހާމަނުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.



ސަރުކާރުން މިފަދައިން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތުން ރައީސް އޮފީހަށް ފޮނުވި މައްސަލައިގައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަނޫނުގެ ދަށުން ހޯދުމަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާތީއެވެ. މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ދިން ޖަވާބުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި ޗައިނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ އެ އެއްބަސްވުންތައް އެކުލަވާލެވޭ ދާއިރާތަކާ ގުޅޭގޮތުން ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތު ހިމެނޭ ހަބަރު އެ އޮފީހުގެ ވެބްސައިޓުގައި ހިމަނާފައިވާނެ ކަމަށާއި، އެ ބައްދަލުވުމުގެ ވީޑިއޯއާއި ހަބަރު ހިމެނޭ ދެ ލިންކެއް ލިޔުމުގައި ހިމަނާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖެއާއި ބޭރުގެ އެކިއެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކަކީ، އެ އެއްބަސްވުން ވެވޭ ދާއިރާއާއި ގުޅޭ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށެވެ. އަދި ހޯދުމަށް އެދފިައިވާ އެއްބަސްވުމުގެ ކޮޕީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާއާއި 30 އަދި 31 ވަނަ މާއްދާގެ ދަށުން ހިއްސާކުރެވެން ނެތް ކަމަށެވެ.



More from Raajje.mv