ފަނޑިޔާރު މަހާޒު ލިޔުއްވި ޚުލާޞާ ތަފްސީރުގެ ދެވަނަ ވޮލިއުމް ނެރެފި

Fri, 19 Apr 2024 11:18 PM

View on this article on Raajje.mv

ފަނޑިޔާރު މަހާޒު ލިޔުއްވި ޚުލާޞާ ތަފްސީރުގެ ދެވަނަ ވޮލިއުމް ނެރެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު ފޮތް ނެރުއްވައިފިއެވެ.



ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު ފޮތުގެ ވޮލިއުމް 1 ނެރުއްވާފައިވަނީ ރާއްޖެ އިސްލާމްވިތާ 897 އަހަރު ފުރޭ ދުވަހާ ގުޅުވައިގެންނެވެ. މަހާޒު އަމިއްލަ ބްލޮގުގައި ވިދާޅުވެފައިވަނީ ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު ލިޔުއްވުމުގެ ހިޔާލު އައީ ޤުރުއާން އެމްވީ އެޕްލިކޭޝަން ޢާންމުންނާ ހަމައަށް އައި ދުވަހުން ފެށިގެން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއާމެދު އެކި ކަހަލަ ޚިޔާލުތައް ލިބެމުން އައި ކަމަށެވެ.

މަހާޒުގެ އަމިއްލަ ބްލޮގުގައި ވާގޮތުން ދެވަނަ ވޮލިއުމަކީ ކީރިތި ޤުރުއާނުގެ 06 ވަނަ ފޮތުން ފެށިގެން 10 ވަނަ ފޮތުގެ ނިޔަލަށް ހުރި އާޔަތްތަކުގެ ޚުލާޞާ ތަފްސީރެވެ. މި ވޮލިއުމް ޝާއިޢު ކުރެވުމުން، ކީރިތި ޤުރުއާނުގެ ތިންބައިކުޅަ އެއްބައިގެ ޚުލާޞާ ތަފްސީރު ކިޔުންތެރިންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.

ތިންވަނަ ވޮލިއުމް އޮތީ ލިޔެ، މުރާޖަޢާކޮށް ނިމިފައިކަމަށާއި މިހާރު ކުރިއަށްދަނީ އެ ބައި ފާސްކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުގެ ކުރިން އެންމެ ފަހުން ކިޔަންޖެހޭ ކިޔުންތަކުގެ މަރުޙަލާކަމަށް މަހާޒު ވިދާޅުވިއެވެ.

ދެވަނަ ވޮލިއުމް ނޮވެލްޓީގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެކަމަށާއި އެ ތަނުގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް މަހާޒު ވިދާޅުވިއެވެ. އަގަކީ 420 ރުފިޔާއެވެ. ސަފުހާގެ ޖުމުލަ އަދަދަކީ 446 އެވެ. 



More from Raajje.mv