އިލެކްޝަންސް ކޮމިޝަންގެ އެސްޖީއަކަށް އުނައިސް

Thu, 02 May 2024 08:08 PM

View on this article on Raajje.mv

އިލެކްޝަންސް ކޮމިޝަންގެ އެސްޖީއަކަށް އުނައިސް

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާާމަށް ޢަބްދުﷲ އުނައިސް ހަމަޖައްސައިފިއެވެ.



އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާާމަށް ޢަބްދުﷲ އުނައިސް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމާއި ގުޅިގެންނެވެ. ހަސަން މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މެންބަރުކަމުން އެއިރު ހަސަން އިސްތިއުފާ ދެއްވުމާއެކު ވަގުތީގޮތުން ސެކްރެޓަރީ ޖެނެރަލްގެ ކަމުގެ މަސްއޫލިއްޔާތު އުނައިސްއާއި ހަވާލުކުރެވިގެންދިޔައެވެ. ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގެ އަދާކުރައްވާފައެވެ. އުނެއިސް އަކީ 2005 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

އުނައިސް ވަނީ މާސްޓަރސްއިން ބިޒްނަސް ސްޓަޑީސް އާއި އައިޓީ ޑިގްރީ ހޮނަރސް ހާސިލް ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ އެސްޖީގެ އިތުރުން އެ ކޮމިޝަންގެ އިތުރު މަގާމުތަކަށް ވެސް ބޭބޭފުޅުން ވަނީ އައްޔަނުކުރައްވާފައެވެ. އެގޮތުން ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަނުގެ ޑިރެކްޓަރަކަށް އާމިނަތި އަޒީފާ ވަނީ އައްޔަންކުރައްވާފައެވެ. އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު ވަނީ އައްޔަންކުރައްވާފައެވެ.



More from Raajje.mv