21 ވަނަ ދުވަހުލާ ވޯޓަކީ ދިވެހިންގެ ހައްގުތައް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ ވޯޓެއް - ފައްޔާޒް

Fri, 19 Apr 2024 07:26 PM

View on this article on Raajje.mv

21 ވަނަ ދުވަހުލާ ވޯޓަކީ ދިވެހިންގެ ހައްގުތައް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ ވޯޓެއް - ފައްޔާޒް

21 ވަނަ ދުވަހު މަޖިލިސް އިންތިޚާބުގައި ލާ ވޯޓަކީ ދިވެހިންގެ ހައްގުތައް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ ވޯޓެއް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިފަދައިން ވިދާޅުވި އެމްޑީޕީގެ މިސްރާބު ހަމަ މަގަށް ކެމްޕެއިން ހިނގާލުމުގައެވެ. ފައްޔާޒް ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މި ސަރުކާރުގެ އަނިޔާވެރިކަމުގެ ސިލްސިލާ ފެނިގެންދާ ކަމަށް ވިދާޅުވެފައެވެ. ފައްޔާޒް ވަނީ މި ސަރުކާރުން އާއްމުންނަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވެފައެވެ. ދިވެހި ރައްޔިތުންނަށް މިއަދު ސަރުކާރުގެ އަނިޔާވެރިކަން ވިސްނޭ ކަމަށާއި އަނިޔާވެރިކަަމަށް ދިވެހިން ނޫނެކޭ ބުނާނެ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރާއި އެއްކޮޅަށް ވޯޓު ދީފި ނަމަ އެތައް ދުވަހެއް ވަންދެން މަސައްކަތް ކޮށްގެން ދިވެހިން ހޯދި ހައްގުތައް ގެއްލޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީ އަށް ރަނގަޅު މެޖޯރިޓީ އެއް ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މިސްރާބު ހަމަމަގަށް ކެމްޕެއިން ހިނގާލުމުގައި ތަފާތު މެސެޖުތަކާއި އެކު ފުަޅަނދުތައް ވަނީ ދުއްވާފައެވެ. އެއީ ސަރުކާރުން އޮޅުވާލާފައިވާ ކަންކަމާއި، ސަރުކާރުން ނުފޫޒު ފޯރުވުން ފަދަ ކަންކަމާއި ދެކޮޅަށް ޚިޔާލު ފާޅުކޮށް ލިޔެފައިވާ މެސެޖުތަކެކެވެ.



More from Raajje.mv