މަޖިލިސް އިންތިޚާބަކީ އަރާ އިރާ އެކީ ނުކުމެ ދޮގު ދޮލަނގަށް ނޫނެކޭ ބުނަންވީ ވަގުތު - ޝާހިދު

Fri, 19 Apr 2024 07:22 PM

View on this article on Raajje.mv

މަޖިލިސް އިންތިޚާބަކީ އަރާ އިރާ އެކީ ނުކުމެ ދޮގު ދޮލަނގަށް ނޫނެކޭ ބުނަންވީ ވަގުތު - ޝާހިދު

މަޖިލިސް އިންތިޚާބަކީ އަރާ އިރާ އެކީ ނުކުމެ ދޮގު ދޮލަނގަށް ނޫނެކޭ ބުނަންވީ ވަގުތުކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.



ޝާހިދު އެފަދައިން ވިދާޅުވީ މިސްރާބު ހަމަހަމަށް ކެމްޕެއިން ނިންމުމަށް ބޭއްވި ހިނގާލުމުގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީން ކުރަމުންދާ ދަތުރަކީ ރާއްޖޭގައި މި ސަރުކާރާއި އެކު އުފެދުނު ދޮގު ދޮލަނގު ނަގާ ގާދޫކޮލުން ބޭރުކޮށްލުމަށްޓަކާ ފެށި ދަތުރެއް ކަަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެކަން ކުރެވޭނީ އާދިއްތަ ދުވަހު ހެނދުނު ހެނދުނާއި ނުކުމެ ގިނައިން ވޯޓު އަޅައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޝާހިދު ވަނީ މަޖިލިސް އިންތިޚާބަކީ މި ސަރުކާރުގެ ދޮގުތަކާއި ދެކޮޅަށް ބަސް ބުނަން ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.

އަދި ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި ގޯތި މި ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ ފޭރިގަންނަނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ ފްލެޓް ލިސްޓުތައް ވެސް އޮޅާލާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެ ނަމަ ޤާނޫނަކުން ފްލެޓާއި ގޯތި ލިބޭނެ މަގު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އާދިއްތަ ދުވަހަކީ އެ ފުރުސަތު ލިބޭކަން ކަށަވަރުކުރަން ލިބޭ ފުރުސަތެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



More from Raajje.mv