މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު އިތުރު ހެކި ނެތިގެން ދޫކޮށްލައިފި

Fri, 19 Apr 2024 07:06 PM

View on this article on Raajje.mv

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު އިތުރު ހެކި ނެތިގެން ދޫކޮށްލައިފި

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު އިތުރު ހެކި ނެތިގެން ދޫކޮށްލައިފިއެވެ.



ޖަމާއަތް ހަދައިގެން މާރާމާރީ ހިންގި 24 އަހަރުގެ ދިވެހި ފިރިހެނަކު ދޫކޮށްލާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އޭނާ ދޫކޮށްްލާފައިވަނީ ޝަރުތު ކުރުމަށްފަހުގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައި ވީނަމަވެސް، މިއީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރެވޭ 3 ވަނަ ފަހަރުކަމުގައިވާއިރު، މިހާތަނަށް އޭނާގެ ބަންދުގައި 15 ދުވަސް ހޭދަކޮށްފައިވާއިރު، އެންމެ ފަހުން ބަންދާ މެދު ގޮތެއް ނިންމި އަމުރުގައި ވެސް އޭނާގެ މައްޗަށް ހުރީ ކޮންމެވެސް މިންވަރުގެ ހެކި ކަމަށް އަމުރުގައި އަމުރުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށަކީ، ޖިނާއީ ބޮޑު ކުށެއްކަމުގައި ފާހަގަނުކުރެވޭތީ، އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ޒަރޫރަތެއް އޮތްކަމަށް ނުފެންނާތީ ކަމަށް ބުނެފައިވެއެވެ. ބަންދުން ދޫކޮށްލި ޝަރުތަކާއި ހިލާފުވެއްޖެނަމަ އަލުން ބަންދު ކުރެވޭނެކަމަށް އަމުރުގައި ބުނެފައިވެއެވެ.



More from Raajje.mv