ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް

Fri, 29 Mar 2024 09:46 AM

View on this article on Raajje.mv

ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް

ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ.



ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާތީ، މި މިނިސްޓްރީގެ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސާއި، ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާއި، ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސާއި، ކަނޑު އުޅަނދު  ދުއްވުމުގެ ލައިސެންސްގެ މުއްދަތު 05 މާރިޗް 2024 އިން 20 އޭޕްރިލް 2024 އާއި ދެމެދު ހަމަވާ ލައިސަންސް 05 މެއި 2024 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އަދި ސަލާމަތީ ސެޓިފިކެޓްތަކުގެ މުއްދަތު 05 މާރިޗް 2024 އިން ފެށިގެން ހަމަވާ އުޅަނދުފަހަރުގެ ސެޓްފިކެޓްތައް 5 މެއި 2024 ގެ ނިޔަލަށް ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި މުއްދަތުގައި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެ ކަމަށެވެ. ނަމަވެސް، [email protected] އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ޖަވާބު ދެމުން ގެންދާނެ ކަމަށެވެ. އަދި މެރިޓައިމް ޑިޕަރޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ކޮންމެހެން ގުޅަންޖެހޭ ހާލަތްތަކުގައި، ހެނދުނު 09:00ން މެންދުރު 13:00 އާއި ދެމެދު މި މިނިސްޓްރީގެ ނަންބަރު 7212719 ފޯނަށް ގުޅުމަށް ވަނީ އެދިފައެވެ.

ސަރުކާރު ބަންދު ދުވަސްތަކާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ކުރީ ސަރުކާރުގައި 24 ގަޑިއިރު ޚިދުމަތް ދިނުމަށްފަހު މިހާރު ރަސްމީ ގަޑީގައި ޚިދުމަތްތައް ދެމުންގެންދާތީ ބައެއްގެ މީހުންގެ ފާޑުކިޔުން މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ. އީޕޯޓަލް އަދި ސިމްސްގެ ޚިދުމަތްތައް ވެސް 24 ގަޑިއިރު ދޭން ފެށިނަމަވެސް އައު ސަރުކާރާއެކު ޚިދުމަތް މެދުކަނޑާލާފައިވާތީ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތައް ދަނީ ލިބެމުންނެވެ.



More from Raajje.mv