ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް

Sun, 28 Apr 2024 04:18 PM

View on this article on Raajje.mv

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.



މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މިރޭ 8 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރޭކަމުގައެވެ. މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ ކަނޑު މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.



More from Raajje.mv