ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

Fri, 29 Mar 2024 08:46 AM

View on this article on Raajje.mv

ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ރަމަޟާންމަހު ފަހު 10ގައި ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.



ބީއެމްއެލްއިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން އަންގާފައިވާގޮތަށް، ބޭންކް އޮފް މޯލްޑިވްސް އިން ރަމަޟާންމަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ؛

-31 މާރިޗު، 1 އެޕްރީލް، 7 އެޕްރީލް އަދި 8 އެޕްރީލް -ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.

-2 އެޕްރީލް އިން 4 އެޕްރީލް އަދި 9 އެޕްރީލް –ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

މި ދުވަސްތަކުގެ ދިނުމަށް ހަމަޖެހިފައިވަނީ:

- ޗެކް ޖަމާކުރުން

- ލޯކަލް ޕޭމަންޓްސް

- މުސާރަ އަދި ބޮޑެތި ޓްރާންސްފާތައް

- ޓީޓީ މެދުވެރިކޮށް ކުރާ އިންޓަރނޭޝަނަލް ޓްރާންސްފަރތައް

ރަމަޟާން މަހު ފަހު ދިހައިގައި ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓްhttps://www.bankofmaldives.com.mv/banking-hours-during-ramadanމެދުވެރިކޮށް ލިބޭނެއެވެ.



More from Raajje.mv