މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

Thu, 28 Mar 2024 10:44 PM

View on this article on Raajje.mv

މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

މި ރަމަޟާން މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފިއެވެ.



އިސްލާމިކް މިނިސްޓްރީން ބުނީ، 1445 ވަނަ އަހަރު ރަމަޟާން މަހު ފަހު ދިހައިގައި މާލެސިޓީގައި ދަމުނަމާދު ކުރުމަށް މާލޭގެ 18 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށެވެ. ވިލިމާލެގެ 3 މިސްކިތް، ހުޅުމާލެ ފޭސް-1ގެ 8 މިސްކިތް އަދި ހުޅުމާލެ ފޭސް-2 ގައި 3 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މާލޭގެ 8 މިސްކިތަކާއި، ވިލިމާލެ އެއް މިސްކިތް، ހުޅުމާލެފޭސް-1ގެ 5 މިސްކިތް އަދި ހުޅުމާލެ ފޭސް-2ގެ 2 މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. 

ދަމު ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. 

ކޮންމެ ރޯދަމަހެއްގެ ވެސް ފަހު ދިހައިގައި ރަސޫލުﷲ صلى الله عليه و سلم އިޢްތިކާފުކުރައްވާ ކަމަށް ޘާބިތުވެފައިވެއެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަމަހުގައި ވިހި ދުވަހު އިޢްތިކާފުކުރެއްވިކަމަށްވެއެވެ.



More from Raajje.mv