ގެއްލުނު އުމްރާވެރިޔާ ފެނިއްޖެ

Thu, 28 Mar 2024 12:46 PM

View on this article on Raajje.mv

ގެއްލުނު އުމްރާވެރިޔާ ފެނިއްޖެ

އުމްރާ އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.



ގެއްލިގެން ހޯދި އުމްރާވެރިއާކީ ނިމްސާ އަލް ޙައްޖު ވަލް ޢުމްރާގެ ޙަވާލުގައި ގޮސް ހުރި މީހެކެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އައްޑޫ ސިޓީ މީދޫ، ހަވާ، މުޙައްމަދު ތައްޚާނެވެ.

އޭނާ ގެއްލުނު ކަމަށް މައުލޫމާތު ލިބިފައި ވަނީ 27 ވަނަ ދުވަހުގެ ފަތިހު 3:00 ގައި ގްރޫޕުގެ ޢުމްރާވެރިންނާއެކު ޢުމްރާގެ އަޅުކަން އަދާކުރަން ޙަރަމްފުޅަށް ދިޔުމަށްފަހުގައެވެ.

އެ ގްރޫޕުން ވަނީ އޭނާ ފެނުނުކަން ހާމަކޮށް ރޭ ދަންވަރު ޕޯސްޓެއް ކޮށްފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ގްރޫޕުން ވަނީ ބުނެފައެވެ.



More from Raajje.mv