މުއައްސަސާތަކުގެ ބޮޑުކުރި މުސާރަ އަންނަ މަހު މަޖިލީހަށް ހުށަހަޅާ ބަޖެޓްގައި ހިމަނާ ފާސްކުރާނަން: ރައީސް

Wed, 20 Sep 2023 12:21 AM

View on this article on Raajje.mv

މުއައްސަސާތަކުގެ ބޮޑުކުރި މުސާރަ އަންނަ މަހު މަޖިލީހަށް ހުށަހަޅާ ބަޖެޓްގައި ހިމަނާ ފާސްކުރާނަން: ރައީސް

މުސާރައަށް އަންނަ ބަދަލު އަންނަ މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާ ފާސްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. "އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ބ. ތުޅާދޫއަށް ވަޑައިގެން އޮގަސްޓްމަހު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މިހާރު މުސާރަ ބޮޑު ނުވެ ތިބި ދައުލަތުގެ ހުރިހާ ސިވިލް ސަރވެންޓުންގެ މުސާރައަށް ޖެނުއަރީ މަހުން ފެށިގެން 40 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ ޕޭހާމަނައިޒޭޝަންގެ ދަށުން ދައުލަތުގައި މަސައްކަތް ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށެވެ. 

Advertisement

އޭގެފަހުން ދެވަނަ ބުރަށް ކެމްޕެއިންކުރައްވަމުން އަންގާރަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރަނގަޅު އާމްދަނީއެއް ނުލިބޭކަމުގެ ޝަކުވާ އާންމުންގެ އެބައޮތްކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި ނަމަވެސް މިހާރުވެސް މިގެނެވެނީ ބޮޑު ބަދަލެއް ނޫންކަމަށާއި ނަމަވެސް ހެޔޮ ބަދަލެއްކަަމަށް ރައީސް ވިދާޅުވިއެވެ. ކުރާ މަސައްކަތާއި އެއްވަރުގެ މުސާރައެއް އަދި ކިރިޔާ މި ދެވެނީ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިޔަށް އޮތް އަހަރު ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި، އެމްއެންޑީއެފާއި، ސިވިލް ސަރވިސް، އިމިގްރޭޝަންސް، ކަސްޓަމްސް އެކި ރަށްރަށުގެ ކައުންސިލު މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިމާމުންނާއި މުދިމުންގެ މުސާރައަށް ހެޔޮ ރަނގަޅު ބަދަލެއް ގެނެސްދޭނަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މި ގެނެވޭ ބަދަލާއެކީގައި ސަރުކާރުގައި މަސައްކަތް ކުރާ 44،281 މީހުންގެ މުސާރައަށް ހެޔޮ ބަދަލު ގެނެވޭނެއެވެ. މިފަހުން ސަރުކާރުންވަނީ އެކިފަރާތްތަކުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހެލްތު އެންޑް ސޯޝަލް ހެލްތު ސެކްޓަރ އަދި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނަވާފައެވެ. މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދިނުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.

މުސާރައަށް ހެޔޮބަދަލުތަކެއް ގެނައުމަށް މިސަރުކާރުން ވަނީ މިނިމަމްވޭޖު ތައާރަފްކޮށްފައެވެ.



More from Raajje.mv