އުޒްބެކިސްތާން ގެ ސްޓޭޓް ކަސްޓަމްސް ކޮމިޓީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި

Tue, 19 Sep 2023 09:39 PM

View on this article on Raajje.mv

އުޒްބެކިސްތާން ގެ ސްޓޭޓް ކަސްޓަމްސް ކޮމިޓީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި

އުޒްބެކިސްތާން ކަސްޓަމްސްގެ ޕޯސްޓް ކްލިއަރެންސް އޯޑިޓްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި، އެ ޤައުމުގެ ސްޓޭޓް ކަސްޓަމްސް ކޮމިޓީ (އެސް.ސީ.ސީ)ގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކުރި ވަފްދުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ވަފްދަށް ޚާއްސަކޮށްގެން ހިންގުނު 5 ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި، 2011 ވަނަ އަހަރު ކަސްޓަމްސްގެ ޤާނޫނު ވުޖޫދަށް އައުމާއި ގުޅިގެން، ޤާނޫނުން ލާޒިމްކުރާ ޕޯސްޓް ކްލިއަރެންސް އޯޑިޓްގެ މަސައްކަތްތައް ފެށިގެން އައި ގޮތާއި، ގިނަ ގޮންޖެހުންތަކަކާއި އެކު މަސައްކަތްކޮށް، އެކަންކަމުން އަރައިގަތުމަށްޓަކައި ޤާނޫނާއި، ޤަވާއިދުތަކަށް ގެނެވުނު އިޞްލާހުތަކަށް އަލި އަޅުވާލާފައިވެއެވެ. އަދި މި ދާއިރާއިން މުވައްޒަފުން ބިނާކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ވިޔަފާރިވެރިންނާއި ޢާއްމުން ހޭލުންތެރިކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ އިތުރުން، މިދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި ކުރިއަށް ރޭވިފައިވާ  މަސައްކަތްތަށްވެސް ހިމަނާފައިވެއެވެ. މި ކަންކަމަށް ބަލައި ދިރާސާކޮށް، މީގެ ތެރެއިން އުޒްބެކިސްތާން ކަސްޓަމްސްއަށް ކުރެވިދާނެ ކަންކަން މަސައްކަތު ބައްދަލުވުމުގެތެރެއިން ވަނީ ދެނެގަނެވިފައެވެ.

އުޒްބެކިސްތާން ކަސްޓަމްސްގެ މި ޒިޔާރަތުގެ ކުރިން، ޕޯސްޓް ކްލިއަރެންސް ދާއިރާއިން ޑަބްލިއު.ސީ.އޯ އެކްރެޑިޓްވެފައިވާ ކަސްޓަމްސް އޮފިސަރ ސީނިއަރ ސުޕްރިންޓެންޑެންޓް ފާތިމަތު އަބްދުލްރަޙްމާން 2022 ވަނަ އަހަރު ޑަބްލިއު.ސީ.އޯ ގެ މިޝަންއެއްގައި އުޒްބެކިސްތާނަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ކަސްޓަމްސްގައި ޕޯސްޓް ކްލިއަރެންސް އޯޑިޓް ތަރައްޤީކުރުމަށްޓަކައިކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވާފައިވެއެވެ. އަދި މި މިޝަންގެ ހޯދުންތަކުގެ އަލީގައި، އުޒްބެކިސްތާން ކަސްޓަމްސްގައި ޕޯސްޓް ކްލިއަރެންސް އޯޑިޓް ޤާއިމްކުރެވިގެންދިޔައިރު، ޕޯސްޓް ކްލިއަރެންސް އޯޑިޓް ތަންފީޒްކުރަމުންދާ އެހެން ކަސްޓަމްސްއެއްގެ މަސައްކަތާއި، ތަޖްރިބާ އަދި މަޢުލޫމާތު ބަދަލުކުރުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރެވިގެންދިޔައެވެ. އަދި، މިކަމަށްޓަކައި ޑަބްލިއު.ސީ.އޯ އާއި އުޒްބެކިސްތާން ކަސްޓަމްސްގެ ފަރާތުން ދިވެހިރާއްޖެ ކަނޑައަޅައި، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަރޗުއަލްކޮށް ފުރަތަމަ މިޝަން ކުރިއަށްގެންގޮސްފައިވެއެވެ. އަދި، މި މިޝަންއިން ހޯދުނު ކާމިޔާބީގެ އަލީގައި ދެވަނަ މިޝަންއެއްގެ މަސައްކަތްކުރިއަށް ގެންގޮސް، ޢަމަލީ ތަޖްރިބާ ހޯދުމުގެ މިޝަންއެއްގައި ރާއްޖެ ކަސްޓަމްސްއަށް، ސެޕްޓެމްބަރު 10 އިން 14 އަށް ޒިޔާރަތްކުރުމަށް ހަމަޖެހިގެންދިޔައެވެ.

Advertisement

ހަމަމިއާއެކު، 2020 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި، ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓްގެ ޑައިގްނޯސްޓިކް މިޝަންއެއްގައި ޑަބްލިއު.ސީ.އޯ މަރކޭޓަރ ޕްރޮގްރާމް އެޑްވައިޒަރެއްގެ ގޮތުގައި ކަސްޓަމްސްގެ އެކްރެޑިޓެޑް އޮފިސަރ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒް އުޒްބެކިސްތާނަށް ޒިޔާރަތްކުރައްވައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.

            



More from Raajje.mv