ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

Tue, 19 Sep 2023 07:17 PM

View on this article on Raajje.mv

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު، މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ބައެއް ގޭގެއަށް އަންގާރަ ދުވަހު "ދޮރުން ދޮރަށް" ވަޑައިގެންފިއެވެ.

ރައީސް ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި "ދޮރުން ދޮރަށް" ހަރަކާތް ކުރިއަށްގެންދަވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހު މާފަންނުގެ ބައެއް ސަރަހައްދުތަކުގެ ގެތަކަށް ޒިޔާރަޔްކުރެއްވިއިރު، ހޯމަ ދުވަހު އެމަނިކުފާނު ވަނީ ހެންވޭރު އުތުރު އަދި ދެކުނުގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާފައެވެ.

މާލޭގައި ކޮންމެ ދުވަހަކު "ދޮރުން ދޮރަށް" ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

Advertisement

މި ހަރަކާތުގައި ރައީސް ގެންދަވަނީ ގޭގެއަށް ވަޑައިގެން، އާއްމުންގެ ހާލު ބައްލަވަމުންނެވެ. އަދި އާއްމުންގެ ހުރި ޝަކުވާތަކަކީ ކޮބައިތޯ ބައްލަވައި، އާއްމުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކަށްވެސް ކޮންމެވެސް ވަރަކަށް އަލިއަޅުއްވާލައްވައެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވައެވެ.

މާލޭގައި ކުރިއަށްގެންދާ މި ހަރަކާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ކޯލިޝަންގެ އިސް ފަރާތްތަކާއި ދާއިރާތަކުގެ އެމްޑީޕީ މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.



More from Raajje.mv