ޓެކްސީ ރަޖިސްޓްރީ ކުރާއިރު އެއީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަމަށް ވާން ނުޖެހޭ

Tue, 19 Sep 2023 02:51 PM

View on this article on Raajje.mv

ޓެކްސީ ރަޖިސްޓްރީ ކުރާއިރު އެއީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަމަށް ވާން ނުޖެހޭ

ޓެކްސީ އުޅަނދު ރަޖިސްޓްރީކުރާއިރު އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަމަށް ވާން ނުޖެހޭކަމަށް ޓެކްސީ ޤަވާއިދުގައި ބުނެފިއެވެ.

ޓެކްސީ ޤަވާއިދަށް ދެވަނަ އިސްލާޙު ގެނައުމުގެ ޤަވާއިދަށް އަންގާރަ ދުވަހު އަމަލުކުރަން ފަށާފައިވާއިރު، މި އިސްލާޙުގައި ވަނީ ޓެކްސީ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަމަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މާއްދާ އުވާލާފައެވެ.

ވުމާއެކު، މިހާރު ފާސްވެފައިވާ އިސްލާޙުގައިވާ ގޮތުން ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށައަޅާކަށް ނުޖެހޭނެއެވެ.

Advertisement

އަދި ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ވާންޖެހޭނެކަމަށް އޮތް މާއްދާވެސް ވަނީ އުވާލާފައެވެ.

އޭގެ އިތުރުން، މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށްފަހު މި ގަވާއިދުގެ ދަށުން ދޫކުރެވޭ ލައިސަންސްތަކަށް ޑިޖިޓަލް ލައިސަންސް ތަޢާރުފުކުރުމާއި، ލައިސަންސް ކާޑު ދޫކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް އަލަށް އަމަލުކުރަން ފެށި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.


More from Raajje.mv