ތިރުވަނަންތަޕޫރަމްގައި ހުންނަ ކޮންސުލް ޖެނެރަލްގެ މަގާމަށް ޝިފާނާ

Sat, 27 May 2023 07:20 AM

View on this article on Raajje.mv

ތިރުވަނަންތަޕޫރަމްގައި ހުންނަ ކޮންސުލް ޖެނެރަލްގެ މަގާމަށް ޝިފާނާ

އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަނުކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއިން މި މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމަށް ޔަގީންކުރައްވާކަމަށާއި، އަދި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ. މިނިސްޓަރު ޝާހިދު ވަނީ، މި މަގާމުގެ ޓަރމް ހަމަކުރައްވައި މިނިސްޓްރީއަށް އެނބުރި ވަޑައިގެންނެވި އެންމެ ފުރަމަތަ އަންހެން ކޮންސުލް ޖެނެރަލް، އަލްފާޟިލާ އާމިނަތު ޢަބްދުﷲ ދީދީއަށް ޝުކުރު އަދާކުރައްވާފައެވެ.

ޝިފާނާ އެންމެ ފުރަތަމަ މިނިސްޓްރީއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރުއެވެ.


More from Raajje.mv