އާސަހަރާ ބަންދުކޮށް، މީހުން ވަޅުލުން ހުޅުމާލެއަށް

Sat, 27 May 2023 07:14 AM

View on this article on Raajje.mv

އާސަހަރާ ބަންދުކޮށް، މީހުން ވަޅުލުން ހުޅުމާލެއަށް

އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް 27 މެއިގައި ފެށުމަށް ނިންމައި، މަރާމާތުގެ މަސައްކަތް ނިމެންދެން މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

އާސަހަރާ ތަރައްގީކުރުމާ ގުޅޭގޮތުން ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އާސަހަރާ ތަރައްގީކުރުމަށް ނިންމައި، މި މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް 27 މެއިން ފެށިގެން މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.

އަދި މި މަސައްކަތްތަކާ ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި، ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި، ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ވާނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އާސަހަރާ ތަރައްގީކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް 2 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޒަމާންތަކަކަށްފަހު މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމީ ހަތަރުވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. ސަހަރާ ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ޚާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިންގ އޭރިއާއަކާ އެކުގައެވެ.



More from Raajje.mv