ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

Fri, 26 May 2023 10:13 PM

View on this article on Raajje.mv

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ޝަރަފްވެރި މެހެމާނެއްގެ އިތުރުން، ބަލަދުވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެން ތިން ކޮއްކޯފުޅުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެއްބަނޑުއެއްބަފާ ލޯފަން ތިން ކޮއްކޯފުޅުން ކަމުގައިވާ މޫސާ މުހައްމަދު ޞާލިހު (މޫސަބެ)، އަބްދުﷲ ޝާޒްލީ (ޝާޒް) އަދި ހުސެއިން ޝަޔާޒް (ހުސެއިން) އަށް ވަނީ އިމާމު ކޯސް ފުރިހަމަކުރައްވައި ދަސްވެނިވެފައިވާތީ އެމަނިކުފާނުގެ އަތްޕުޅުން ސެޓްފިކެޓު ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ޞާލިހް ވިދާޅުވީ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުން އިސްލާމިކް ޔުނިވަރސިޓީން ފެށްޓީ 2020 ވަނަ އަހަރު ކަމަށެވެ. އެ މުހިންމު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 78 އިމާމުން ދަސްވެނި ވެފައިވާ ކަމަށާއި، މިއީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ވަރަށްބޮޑު އުފާފުޅެއް ކަމަށެވެ.

އަދި އޭގެއިތުރުން، ދަސްވެނިވި ދަރިވަރުންތަކެއްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުންވެސް އިތުރު އުފާތަކެއް އިޙްސާސް ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ޑރ. މައުރޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ކަންކަން އެއްފަރާތްކުރުމަށްފަހު، އެއީ ތަފާތު އަދި އަޖައިބު ކުރުވަނިވި ކަމެއް ކަމަށެވެ. 3 ލޯފަން އަޚުން ތިބި ގޭބިސީއެއްގައި އެ 3 މީހުންނަކީ ވެސް ހާފިޒުން ކަމަށެވެ. މާނައަކީ އެއިން ކޮންމެ މީހަކުވެސް މުޅި ޤުރުއާން (604 ޞަފްޙާ، ހިތުން) ހިތުދަސްކުރައްވާފައިވާ ކަމަށެވެ. އަދި އެ 3 ބެއިންނަކީ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ތިން ކޮއްކޯފުޅުން ކަމަށެވެ.



More from Raajje.mv