މި ރަމަޟާން މަހު މާލޭގައި 9 އިޙްޔާ ފޯރަމެއް ކުރިއަށް ގެންދާނެ - އިސްލާމިކް މިނިސްޓަރ

Sat, 25 Mar 2023 11:04 PM

View on this article on Raajje.mv

މި ރަމަޟާން މަހު މާލޭގައި 9 އިޙްޔާ ފޯރަމެއް ކުރިއަށް ގެންދާނެ - އިސްލާމިކް މިނިސްޓަރ

މި ރަމަޟާން މަހު މާލޭގައި 9 އިޙްޔާ ފޯރަމެއް ކުރިއަށް ގެންދާނެކަމަށް، އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފުރަތަމަވެސް ރައްޔިތުންނަށް ރަމަޟާން މަހާ ބެހޭގޮތުން މަައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން 2 ވޯރކްޝޮޕެއް، އާންމުންނާއި ސްކޫލް ކުދިންނަށް ހުޅުވާލައިގެން ބޭއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ ރަމަޟާން މަހުގެ އިޙްޔާ ޖަލްސާތައް މިހާރު ފަށާފައިވާކަމަށާއި، މާލެއާއި އަތޮޅު ތެރޭގައި އިޙްޔާ ފޯރަމްތައް ކުރިއަށްގެންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މާލޭގައި 9 ފޯރަމެއް ކުރިއަށްގެންދާނެ ކަމަށާއި، އެއީ ކޮންމެ ހޯމަ އަދި ހުކުރު ވިލޭރެއެއްގައި ކަމަށެވެ.

ކުރިއާ ޚިލާފަށް މިފަހަރު އެއަށްވުރެ ފުޅާކޮށް އަޅުގަނޑުމެންނަށް އިޙްޔާ ޖަލްސާތައް ކުރިއަށް ގެންދެވޭނެ. 8 ޖަލްސާއެއް ކުރިއަށް ގެންދާނަން. ކޮންމެ ޖަލްސާއެއްވެސް ނިންމާލާފަ، އެރެއަކު އެ ހޮވޭ ފަރާތަކަށް ފައިސާގެ އިނާމާ، މިނިސްޓްރީން ދޭ އިނާމް ދޭނަން. ހުރިހާ ފޯރަމެއްގަ ބައިވެރިވާ ފަރާތްތަކުގެ މެދުގަ ނެގޭ ގުރުއަތުން ބޮޑު އިނާމެއް ލިބޭނެ. އަތޮޅު ތެރޭގަ ހުރިހާ ފޯރަމެއް ނިންމާ، އެންމެ ފަހު ޖަލްސާ އޮންނަ ރަށެއްގަ ގުރުއަތު ނަގާފަ އަގުބޮޑު އިނާމެއް ދޭނަން.
އިސްލާމިކް މިނިސްޓަރ، ޑރ. އަޙުމަދު ޒާހިރު

މިނިސްޓަރ ވިދާޅުވީ އާންމުންނަށް ބާއްވާ އިޙްޔާ ފޯރަމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ދަރިވަރުންނަށް ޚާއްޞަ 4 އިޙްޔާ ފޯރަމެއް ކުރިއަށްގެންދާ ކަމަށެވެ.



More from Raajje.mv