ސިނަމާލެ 3 ގެ ފްލެޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

Sat, 25 Mar 2023 10:36 PM

View on this article on Raajje.mv

ސިނަމާލެ 3 ގެ ފްލެޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެ ސިޓީގެ، ގަލޮޅު ސިނަމާލެ 3 ގެ ފްލެޓްތަކުގެ ތެރެއިން ބާވެ ހަލާކުވެފައިވާ ތަންތަން، އަމިއްލަ ތަކެތީގައި އާބާތުރަ ފިލުވައިދީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 28 މާރިޗު 2023ގެ 11:00ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގައެވެ.

Advertisement

މައުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 30 މާރިޗު 2023ގެ 11:00ގައި، ހަމަ އެ ތަނުގައެވެ. އެގޮތުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ، ކަނޑައެޅިފައިވާ ގަޑީގައި މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ.



More from Raajje.mv