ރައީސް މައުމޫންގެ ޚާއްޞަ ޕްރޮގްރާމް "ކީރިތި ޤުރުއާނުގެ މޫރިތި މަސް" މިރޭ 11 ޖަހާއިރު

Sat, 25 Mar 2023 05:58 PM

View on this article on Raajje.mv

ރައީސް މައުމޫންގެ ޚާއްޞަ ޕްރޮގްރާމް "ކީރިތި ޤުރުއާނުގެ މޫރިތި މަސް" މިރޭ 11 ޖަހާއިރު

މި ރަމަޟާން މަހު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ޚާއްޞަ ޓީވީ ޕްރޮގްރާމް "ކީރިތި ޤުރުއާނުގެ މޫރިތި މަސް" މިރޭ 11 ޖަހާއިރު ދައްކާނެއެވެެ.

މި ޓީވީ ޕްރޮގްރާމަކީ ރަމަޟާން މަހާ ކީރިތި ޤުރުއާނާ ހުރި ގުޅުމާއި، ޚިލާފު އުފެދޭ ބައެއް މައްސަލަތަކުގައި ޤުރުއާންގެ އަލީގައި މަޢުލޫމާތު ދެއްވުމާއި، ޢާންމު މުޖުތަމަޢުގައި ހުންނަ ކަންތައްތަކާ ޤުރުއާނާ ގުޅުން އޮތް މިންވަރު އަންގައިދޭ ޕްރޮގްރާމެކެވެ.

މިރޭގެ ޕްރޮގްރާމުގައި އާންމުންގެ ހިތްތަކުގައި އުފެދޭ ބައެއް ސުވާލުތަކާއި އެ ސުވާލުތަކުގެ ޖަވާބުގެ އިތުރުން، ޤުރުއާނުގެ އަލީގައި ކަންކަން ކުރަންވީގޮތުގެ ތަފްސީލީ މައުލޫމާތު ހިއްސާ ކުރާނެއެވެ. މީގެ އިތުރުންވެސް މުހިންމު އެތައް މައުލޫމާތެއް މިރޭގެ ޕްރޮގްރާމުގެ ތެރޭގައި ހިމަނާފައިވާނެއެވެ.

Advertisement

މި ޕްރޮގްރާމް ހުށަހަޅައި ދެނީ ރާއްޖެ ޓީވީގެ ޑެޕިއުޓީ އެޑިޓަރ ޙުސައިން މަޚްތޫމުއެވެ.

"ކީރިތި ޤުރުއާނުގެ މޫރިތި މަސް" މި ނަމުގައި ގެނެސްދޭ މި ޚާއްޞަ ޓީވީ ޕްރޮގްރާމް ދައްކާނީ ކޮންމެ ހޮނިހިރު ދުވަހުގެ ރޭ 23:00ން 23:45ށެވެ.

ވޭތުވެދިޔަ ތިރީހަކަށް އަހަރުތެރޭ ރައީސް މައުމޫން ދެއްވަމުން ގެންދަވާފައިވާ ދީނީ ނަޞީޙަތްޕުޅުތަކާއި ތަޤްރީރުތަކަކީ ނުހަނު ޢިލްމީ، އަދި މި ރާއްޖޭގެ ވަރަށްގިނަ ބަޔަކު ޒަމާނުއްސުރެ ޝައުޤުވެރިވާ ދަރުސްތަކެކެވެ.



More from Raajje.mv