2008، 2009ގައި ދިމާވި ފައިނޭންޝަލް ކްރައިސިސް ކަހަލަ ކްރައިސިސްއެއް ދިމާވުމަކީ ނާދިރުކަމެއް - އަމީރު

Sat, 25 Mar 2023 05:36 PM

View on this article on Raajje.mv

2008، 2009ގައި ދިމާވި ފައިނޭންޝަލް ކްރައިސިސް ކަހަލަ ކްރައިސިސްއެއް ދިމާވުމަކީ ނާދިރުކަމެއް - އަމީރު

2008 ،2009 ގައި ދިމާވި ފައިނޭންޝަލް ކްރައިސިސް ކަހަލަ ކްރައިސިސްއެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިހާރު ދުނިޔޭގެ މާލީ ކަންތައްތައް ހިނގަމުންދާ ގޮތުން ބައެއް ބޭންކުތައް ދަނީ ބޭންކްރަޕްޓް ވަމުންނެވެ. މިކަމާ ގުޅިގެން ރާއްޖެއަށް މާލީ ދަތިތަކާ ކުރިމަތިވެދާނެއެވެ. މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ބޭންކިންގ ސެކްޓަރ، ފައިނޭންޝަލް މާކެޓް ތަކުގައި މިޑް ސައިޒް ބޭންކް ތައް؛ ޔޫއެސް އަދި ސްވިޒަރލޭންޑުގެ ކްރެޑިޓް ސޫޒް ކަހަލަ ބޭންކުތަކަށް ދަތިތަކެއް ދިމާވެގެން ބެއިލްއައުޓް ކުރުމާއި، އެހެން ބޭންކުތަކުން މަރޖް ކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ ސަބަބުން ސެންޓްރަލް ބޭންކުތަކުން އިންޓްރެސްޓް ރޭޓް ބޮޑުކުރުމާއި މި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ސަބަބުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ޓަކައި އިންޓްރެސްޓް ރޭޓް މަތިކުރުމާއި، މި މަސައްކަތްތަކެއް ކުރިއަށް ގެންދެވެނީ އެ ސަބަބަކާއި ގުޅިގެން ނޫން ކަމަށެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ، މިހާރު ފައިނޭންޝަލް މާކެޓްސްތަކަށް ގެނެވިފައި ހުރި ބަދަލުތަކާ އެއްކޮށް 2008، 2009 ގައި އެ ދިމާވި ފައިނޭންޝަލް ކްރައިސިސް ކަހަލަ ކްރައިސިސް އެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެކަމަކު އިންޓްރެސްޓް ރޭޓްސް އަދިވެސް، ޔޫ.އެސް އަދި ޔޫރަޕިއަން ޤައުމުތަކުގެ އިންޓްރެސްޓް ރޭޓްސް މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެގޮތަށް ވިސްނައިގެން، ސަރުކާރުން 2023 ވަނަ އަހަރުގެ ބަޖެޓް ކޮށްފައި ވާނީ މާކެޓަށް ގޮސްގެން ފައިސާ ހޯދުމަކަށް ނޫން ކަމަށެވެ. އަދި ކޮންސެޝަނަލް ލޯން ފަންޑިންގ އޭޖެންސީ ތަކުން، އެހެންނޫނިއްޔާ ޖީޓުޖީ މެދުވެރިކޮށް އެގޮތަށް ބަޖެޓް ސަޕޯޓަށް ފައިސާ ހޯދުމަށް ޓަކައި ވިސްނާފައި އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



More from Raajje.mv