ރައީސް މެރިންއެކްސްޕޯއަށް ޒިޔާރަތްކުރައްވައިފި

Sat, 18 Mar 2023 11:47 PM

View on this article on Raajje.mv

ރައީސް މެރިންއެކްސްޕޯއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މެރިން އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފިއެވެ.

Advertisement

8 ވަނަ މޯލްޑިވްސް މެރިން އެކްސްޕޯއަށް ޒިޔާރަތްކުރައްވާ އެމަނިކުފާނުވަނީ އެކްސްޕޯގައި ހުރި ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ބައްލަވާލައްވާ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިފަހަރުގެ އެކްސްޕޯގައި 170 ޔުނިޓްގައި 100ށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. މި އެކްސްޕޯއަކީ، ދިވެހިރާއްޖެގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އިވެންޓެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަގުބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީނު ބްރޭންޑްތަކާއި، ބައިނަލްއަގުވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސްއާއި ޑައިވް ބްރޭންޑްތައް ބައިވެރިވެއެވެ.

އެކްސްޕޯގެ ތެރެއިން އައު ޕްރޮޑަކްޓްތައް ލޯންޗްކުރުމާއި، ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުންފަދަ ސެޝަންތައް ފޯރުކޮށްދޭ ޕެނަލް ޑިސްކަޝަންތަކުގެ އިތުރުންވެސް އެތައް ހަރާކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



More from Raajje.mv