އިންޓަރސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1 ވަނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް

Tue, 22 Oct 2024 12:15 AM

View on this article on PSM News

އިންޓަރސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1 ވަނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް

އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒްގެ 1ވަނަ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހޯދައިފިއެވެ. މި ކުއިޒަކީ އިންސާނީ ޙައްގުތަކަށް އިޙްތިރާމްކުރާ ސަޤާފަތެއް ޤާއިމުކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކުއިޒެކެވެ.

މި މުބާރާތް ކުރިއަށްގެންދިޔައީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަދި ދިވެހިރާއްޖޭގެ އަޑު ގުޅިގެންނެވެ. މިއަހަރުގެ ކުއިޒް ކުރިއަށްގެންދިއުމުގައި ހޯޕް ފޮރ ވިމަންއިންވެސް ބައިވެރިވެފައިވެއެވެ. މިއީ މި ކުއިޒު ބޭއްވި 12 ވަނަ ފަހަރެވެ.

5 ދުވަހަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކުއިޒް މުބާރާތަކުގައި ބައިވެރިވީ ފ.އަތޮޅު ތައުލީމީ މަރުކަޒާއި، އިސްކަންދަރު ސްކޫލް، މުހިއްޔިއްދީން ސްކޫލް، ރެހެންދިސްކޫލް އަދި ހިރިޔާ ސްކޫލުގެ ދަރިވަރުންނެވެ.

ކުއިޒް މުބާރާތުން އެއްވަނަ ހޯދާފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ޓީމުންނެވެ. އަދި މުބާރާތުގެ ދެވަނަ ނުވަތަ ރަނަރަޕް ހޯދާފައިވަނީ އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ޓީމުންނެވެ.

މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނާ ހަނދާނީ ލިޔުމާ ޓްރޮފީ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ފާތިމަތު ސަޢުދާ އާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާމިންއެވެ.

ވަނަވަނަ ލިބުނު ސްކޫލްތަކާ ލިޔުން ހަވާލުކޮށްދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ފާތިމަތު ސަޢުދާ، ވިދާޅުވީ ބޮޑެތިވަމުން އަންނަ ޖީލުގެ މެދުގައި އިންސާނީ ޙައްޤުގެ ހޭލުންތެރިކަން އިތުރުން ނުހަނު މުހިންމުކަމަށެވެ. މިއީ ހަމައެކަނި ކުއިޒެއްގެ ގޮތުގައި ނުދެކި، މިފަދަ މަޢުލޫމާތަކީ ދިރިއުޅުމުގައި ބޭނުންހިފާ އެއްޗަކަށް ހެދުމަށް މެންބަރު ސަޢުދާ އެދިވަޑައިގެންނެވިއެވެ.

"މި މަޢުލޫމާތު ތި ކުދިންގެ ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ. އަދި އެހެން ކުދިންނަށް މި މަޢުލޫމާތު ފޯރުކޮށްދިނުން ވަރަށް މުހިންމު. މަޢުލޫމާތު ނެތުމުގެ ސަބަބުން ވަރަށް ގިނަ ކަންކަން އަތުން ދޫވެގެންދޭ." ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރު ފާތިމަތު ސަޢުދާ ވިދާޅުވިއެވެ.

މި ކުއިޒްގެ ބޭނުމަކީ ސްކޫލްތަކާއި އަދި ބޮޑުވަމުން އަންނަ ޖީލަށް އިންސާނީ ޙައްގުތަކާ ގުޅޭ މަޢުޅުމާތުދީ ހޭލުންތެރިކަން އިތުރުކޮށް ކުރިއެރުވުމެވެ.





More from PSM News