ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސަމޯއާއަށް ވަޑައިގެންފި

Tue, 22 Oct 2024 08:59 AM

View on this article on PSM News

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސަމޯއާއަށް ވަޑައިގެންފި

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ސަމޯއާއަށް ވަޑައިގެންފިއެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާނީ، މި މަހުގެ 21 އިން 26 އަށެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ ދަންފަޅިތަކުގައި ނައިބު ރައީސް މުހިންމު ބަޔާންތަކެއް އިއްވަވާނެއެވެ.

މިދަތުރުފުޅުގައި، ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަޤުވާމީ ފެންވަރެއްގައި އިޤްތިޞާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މި އަހަރުގެ ބައްދަލުވުން ވެގެންދާނީ، ކޮޕް 29ގެ ކުރިން، ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ޤައުމުތަކަށް ލިބޭ މުހިންމު ފުރުޞަތަކަށް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.





More from PSM News