ވޮލީގެ ހިންގާ ކޮމިޓީއަށް އަމާޒުކޮށް ދޮގު އިލްޒާމުތައް އަޅުވާ ފަރާތްތަކަށް މަދުވެގެން ދެ އަހަރުގެ ސަސްޕެންޝަނެއް

Mon, 21 Oct 2024 11:48 PM

View on this article on PSM News

ވޮލީގެ ހިންގާ ކޮމިޓީއަށް އަމާޒުކޮށް ދޮގު އިލްޒާމުތައް އަޅުވާ ފަރާތްތަކަށް މަދުވެގެން ދެ އަހަރުގެ ސަސްޕެންޝަނެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށް ދޮގު އިލްޒާމުތައް އަޅުވާ ފަރާތްތަކުގެ މައްސަލަ ބެލުމަށްފަހު، މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެސޯސިއޭޝަނުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވި ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައެވެ. އެގޮތުން މި ވަރުގަދަ ނިންމުން ނިންމާފައިވަނީ އެސޯސިއޭޝަނުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ހުރިހާ މެންބަރުން ކަމަށްވާ 10 ކުލަބުގެ ތާއީދާއެކުއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ލިބިފައިވާ ބަޔާނުގައިވާ ގޮތުން މި ނިންމުމަކީ ވޮލީބޯލް އެސޯސިއޭޝަނާއި، އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށް އަމާޒުކޮށް ހަގީގަތާ ޚިލާފު، ބޭ އަދަބީ އަދި މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށްގެން ތަފާތު ވާހަކަތަކާއި އިލްޒާމުތައް އަޅުވައި، ފޮޓޯ، ސޯޝަލް މީޑިއާގައި ދައުރުކުރާ މައްސަލައިގައި އަޅަން ނިންމި ފިޔަވަޅެކެވެ.

އެހެންކަމުން އެފަދަ ފަރާތެއްގެ މައްސަލަ ބަލައި، އެ ފަރާތްތައް އެސޯސިއޭޝަނުން އިންތިޒާމުކުރާ ނުވަތަ އެސޯސިއޭޝަން ބައިވެރިވެގެން ހިންގާ އެއްވެސް ހަރަކާތެއްގައި މަދުވެގެން ދެ އަހަރު ދުވަހަށް ބައިވެރިވުން މަނާކުރުމަށްވެސް ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.





More from PSM News