އައްޑޫ ސިޓީ ހިތަދޫގައި މިރޭ 3 އެކްސިޑެންޓް، 7 މީހުންނަށް އަނިޔާވި

Tue, 22 Oct 2024 12:17 AM

View on this article on PSM News

އައްޑޫ ސިޓީ ހިތަދޫގައި މިރޭ 3 އެކްސިޑެންޓް، 7 މީހުންނަށް އަނިޔާވި

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި 3 އެކްސިޑެންޓެއް ހިނގާ، 7 މީހުންނަށް އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އަނިޔާވި ހަތް މީހުންނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 6 ފިރިހެނުންނާ އެއް އަންހެނެކެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިއިން ކޮންމެ އެކްސިޑެންޓެއްވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންކަމަށެވެ. 3 އެކްސިޑެންޓްގެ ތެރެއިން، ދެ 2 އެކްސިޑެންޓް ހިނގި ސރަޙައްދަށް ފުލުހުން ދިޔައިރު ސީން ރޫޅާލާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ހިނގި އެ އެކްސިޑެންޓްގެ މައްސަލަތައްވެސް ފުލުހުން ދަނީ ބަލަމުންނެވެ.





More from PSM News