މިނިސްޓަރ ޒަމީރު ޗައިނާގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

Tue, 23 Apr 2024 06:32 PM

View on this article on PSM News

މިނިސްޓަރ ޒަމީރު ޗައިނާގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ޗައިނާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޗައިނާގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޗައިނާގެ ދެކުނުގެ ސަރަހައްދުތަކަށް ހުއްޓުމެއް ނެތި އެތައް ދުވަހެއް ވަންދެން ވާރޭވެހި، ފެންބޮޑުވުމާއި ގުޅިގެން އެތައް މިލިއަން ބަަޔަކަށް އެކަމުގެ ގެއްލުން ކުރިމަތިވެ، ބައެއް މީހުން މަރުވެސްވެފައިވެއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ ޗައިނާއަށް ކުރިމަތިވި ކާރިސާއާ ގުޅިގެން ހިތާމަ ފާޅުކުރާކަން ހާމަކޮށްފައެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒީޔާ ވިދާޅުވާކަމަށްވެސް މެެސެޖުގައިވެއެވެ.

ޗައިނާގެ ދެކުނު ސަރަހައްދުތަކަށް ވާރޭވެހި ފެންބޮޑުވެފައިވާއިރު، އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ގުއާންޑޮން ޕްރޮވިންސްއަށެވެ. އެ ޕްރޮވިންސުން ބައެއް މީހުން މަރުވެފައިރު، އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލ\ިފައެވެ.





More from PSM News