އިންޑިއާގެ އެއާލައިންތަކަށް ބޮމުގެ އިންޒާރު ދިންކަމުގެ ތުހުމަތަށް ކުއްޖަކު ހައްޔަރުކޮށްފި

Fri, 18 Oct 2024 06:46 AM

View on this article on One Online

އިންޑިއާގެ އެއާލައިންތަކަށް ބޮމުގެ އިންޒާރު ދިންކަމުގެ ތުހުމަތަށް ކުއްޖަކު ހައްޔަރުކޮށްފި

އިންޑިއާގެ އެއާލައިންތަކަށް ބޮމުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ކުއްޖަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ މުމްބާއީގެ ފުލުހުން ވަނީ އެގައުމުގައި މިދިޔަ ހަފުތާގައި އެކި އެއާލައިންތަކަށް ބޮމުގެ އިންޒާރު ދިންކަމުގެ ފަހަތުގައި ހިމެނެނީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ތުހުމަތުވާތީ، އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިދު ވިދާޅުވީ އެއާލައިންތަކަށް އަންނަ ބޮމުގެ ހުރިހާ އިންޒާރުތަކެއް ސީރިއަސްކޮށް ބަލާ ކަމަށާއި އެންމެ އިސްކަމެއް ދޭނީ ފަސެންޖަރުންގެ ރައްކާތެރި ކަމަށެވެ.

މިނިސްޓްރު ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކު އެކަމުގައި ހަރަކާތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށާއި އެކުއްޖާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ ހައްޔަރުކޮށްފައި ވަނީ އެގައުމުގެ ރާޖްނަންދަގޫން އަށް ނިސްބަތްވާ ކުއްޖެއް ކަމަށް ބުނެފައެވެ. އަދި ފައިސާގެ މައްސަލައެއްގައި އެކުއްޖާއާއި އޭނާގެ ރައްޓެއްސަކު ފްރޭމް ކުރުމަށް ކުރިކަމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.





More from One Online