ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

Wed, 16 Oct 2024 11:26 AM

View on this article on One Online

ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހުޅުމާލޭގައި މަތީ ފަންތީގެ ހޮޓެލްތަކެއް ތަރައްގީކޮށް ހިންގަން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

މި ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ މަޝްރޫއު ދޫކުރުމުގައި އިސަކަންދޭން ނިންމާފައިވަނީ ލޭންޑް ލީސް މޮޑެލްއަށެވެ. ނަމަވެސް އެހެން މޮޑެލްތަކަށް ވެސް އީއޯއައިތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ، މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލް އާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް ބަލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން، އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީގެ އީމެއިލް، [email protected] މެދުވެރިކޮށް އީއޯއައި ހުށަހަޅަން ޖެހޭނެއެވެެ.





More from One Online