އައްޑޫގައި ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

Wed, 16 Oct 2024 09:25 AM

View on this article on One Online

އައްޑޫގައި ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކަށް ވަދެ ސޭޓަށް ބިރު ދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެ ކަމަށްވެސް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެ ފިހާރައަށް ވަދެ ސޭޓަށް ބިރު ދެއްކުމުގައި ދެ މީހަކު ބައިވެރިވެއެވެ. އެކަކު ބިރު ދައްކާފައިވަނީ ދަގަނޑު ބުރިއެއް ފަދަ އެއްޗަކުންނެވެ.





More from One Online