ދެކޮރެއާ ގުޅޭ މަގުތައް ބަންދުކުރުމަށް ފަހު ގޮއްވާލައިފި

Wed, 16 Oct 2024 08:52 AM

View on this article on One Online

ދެކޮރެއާ ގުޅޭ މަގުތައް ބަންދުކުރުމަށް ފަހު ގޮއްވާލައިފި

ދެކޮރެއާ ގުޅޭ މަގުތައް ބަންދުކުރުމަށް ފަހު ގޮއްވާލައިފިއެވެ.

ނޯތު ކޮރެއާއިން ވަނީ ދެކުނު ކޮރެއާއާ ގުޅުން ހުރި ހަމައެކަނި މަގުތައް ބަންދުކޮށްލުމަށް ފަހު އެންމެފަހުން އާންގާރަ ދުވަހު އެ މަގުތައް ގޮއްވާލާފައެވެ.

ނޯތު ކޮރެއާއިން ބުނެފައިވާ ގޮތުގައި ދެކުނު ކޮރެއާއާއި ދެމެދު އޮތް ހުރިހާ ގުޅުންތަކެއް މިހާރު ވަނީ ކަނޑާލައިފައެވެ.

ދެކޮރެއާގެ ދެމެދު މަޝްރަހު ގޯސްވެފައިވާއިރު ދެކުނު ކޮރެއާއިން އެމެރިކާއާ ގުޅިގެން ހިންގަން ފެށި މިލިޓަރީ ތަޖުރިބާ ހޯދުމުގެ ހަރަކާތްތަކުގެ ސަބަބުން އެ މަޝްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.

އުތުރު ކޮރެއާއިން އަމިއްލައަށް އިސްނަގައިގެން ދެކުނު ކޮރެއާއާ ގުޅޭ މަގުތަކުގެ އިތުރުން ރޭލު ގުޅޭ މަގުތައްވެސް ވަނީ ގޮއްވާލާފައެވެ. އުތުރު ކޮރެއާއިން މަގުތަކުގައި ގޮވާ ސާމާނު ހަރުކޮށް ގޮއްވާލުމުގެ ކުރިން ވަނީ ދެކުނު ކޮރެއާގެ ސަމާލުކަމަށް އެކަން ގެނެސްފައި ކަމަށް ދެކުނުކޮރެއާގެ އޮފިޝަލުން ބުނެއެވެ.





More from One Online