އިޒްރޭލުގެ މިނިސްޓަރަކު ދަތުރުކުރެއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

Sat, 27 Apr 2024 10:36 AM

View on this article on One Online

އިޒްރޭލުގެ މިނިސްޓަރަކު ދަތުރުކުރެއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި

އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ މިނިސްޓަރު އިޓަމާ ބެން ގިވީ ދަތުރުކުރެއްވި ކާރު ކޮޅު ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

އިޒްރޭލުގެ އޮފިޝަލުން ވަނީ އެގައުމުގެ ގައުމީ ސަލާމަތާބެހޭ މިނިސްޓަރު އިޓަމާ ދަތުރުކުރެއްވި ކާރުކޮޅު އެކްސިޑެންޓުވެ އޭނާއަށް އަނިޔާވުމާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށް ބުނެފައެވެ.

ހުކުރު ދުވަހު ހިނގި އެ ހާދިސާގައި އިޓަމާގެ އިތުރުން އެހެން ދެ މީހަކަށްވެސް އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ތަހުގީގެއްވެސް ފަށައިފައެވެ. އަދި އެއީ ހަމަލާއެއްތޯ ބެލުމަށްވެސް ތަހުގީގުގައި އިސްކަމެއް ދޭނެ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

އިޓަމާ އަކީ އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ސަރުކާރުގެ ވަރަށް ނުފޫޒު ގަދަ މިނިސްޓަރެކެވެ، އޭނާ ވަނީ ދާދިފަހުން އިރާނުން ދިން ހަމަލާގެ ބަދަލުގެ ގޮތުގައި އިޒްރޭލުގެ މުޅި މިލިޓަރީ ބޭނުންކޮށްގެން ރައްދުގައި ހަމަލާ ދިނުމަށްވެސް ގޮވާލައްވައިފައެވެ.

އިޓަމާ ވަނީ އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ހަރުކަށިކޮށް ގާޒާ ހުސްކޮށްލުމަށްފަހު އިޒްރޭލުގެ އާންމުން ގާޒާއަށް ބަދަލުކުރުމަށްވެސް ގޮވާލައްވައިފައެވެ.





More from One Online