އޮޅުވާލައިގެން ރާއްޖެއަށް ވަޒީފާއަށް ފޮނުވި މީހަކު، ވަޒީފާ ހޯދައިދިން އެޖެންސީ ގޮވައިގެން އިންޑިއާގެ ފުލުހަށް

Wed, 08 May 2024 10:13 AM

View on this article on One Online

އޮޅުވާލައިގެން ރާއްޖެއަށް ވަޒީފާއަށް ފޮނުވި މީހަކު، ވަޒީފާ ހޯދައިދިން އެޖެންސީ ގޮވައިގެން އިންޑިއާގެ ފުލުހަށް

އޮޅުވާލައިގެން ރާއްޖެއަށް ވަޒީފާއަށް ފޮނުވި މީހަކު، ވަޒީފާ ހޯދައިދިން އެޖެންސީ ގޮވައިގެން އިންޑިއާގެ ފުލުހަށް ގޮސްފިއެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަރަބަންކީ ސިޓީ އަށް ނިސްބަތްވާ އެމީހާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ އެމީހާ ރާއްޖެ އެތެރެ ވެފައިވަނީ އިލެކްޓްރިކަލް އިންޖީނިއަރެއްގެ ވަޒީފާ އަށް ކަމަށް ރިޕޯޓު ކޮށްފައެވެ.

ސައްހަ ވިސާ އަކާ އެކީ ރާއްޖެއަށް މަސައްކަތް ކުރަން އައި އިހްސާން އަލީ ކިޔާ އެމީހާ ރާއްޖެ އައުމުން، އޭނާ ހަވާލު ކުރީ ލޭބަރެއްގެ މަސައްކަތް ކަމަށާއި 10 މަސް ވަންދެން އިހްސާން އެ މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިންޑިއާގެ ނޫސްތަކުން ވަނީ އިހްސާން މިދިޔަ ހޯމަ ދުވަހު ފިލައިގެން އިންޑިއާއަށް އެތެރެވެ، އަންގާރަ ދުވަހު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އިހްސާން ވަނީ އޭނާއަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވަޒީފާ ހޯދައިދިން ދިއްލީގެ އެޖެންސީ ''ޖަގްދަމްބާ އޯވާސީސް'' ގެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ.

އިހްސާން އިންޑިއާ އަށް އެތެރެވެފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އެހީތެރިކަމާ އެކު ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.





More from One Online