ކުށްވެރިން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުން ކުރުމުގައި ޖެހިލުން ނުވުމަށް ލަންކާގެ ފުލުހުންނަށް އަންގައިފި

Sat, 27 Apr 2024 10:30 AM

View on this article on One Online

ކުށްވެރިން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުން ކުރުމުގައި ޖެހިލުން ނުވުމަށް ލަންކާގެ ފުލުހުންނަށް އަންގައިފި

ކުއްވެރިން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުން ކުރުމުގައި ޖެހިލުން ނުވުމަށް ލަންކާގެ ފުލުހުންނަށް އަންގައިފިއެވެ.

ސްރީލަންކާގެ ފުލުހުންގެ އާ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރާން އެލޭސް ވަނީ އެގައުމުގެ ކުއްވެރިންނާ ކުރިމަތިލާ އިރު ފުލުހުން ހަތިޔާރު ބޭނުން ކުރުމަކީ ފާފަ އެއް ނޫން ކަމަށާއި އެކަމާ ބިރުން ހަތިޔާރު ބޭނުން ނުކޮށް ނުތިބުމަށް ގޮވާލައްވައިފައެވެ.

މިނިސްޓަރު ޓިރާން ވިދާޅުވީ ފުލުހުން ތަމްރީނު ވަނީ ހާއްސަ ތަމްރީނު ތަކަކަށް ކަމަށާއި ފުލުހުންގެ މަގުސަދަކަށް ވާން ވާނީ އެތަމްރީނު ތަކުގެ ބޭނުން ހިފައި މަސްއޫލިއްޔަތު އަދާކުރަން ކަމަށެވެ.

ލަންކާގެ ފުލުހުންގެ 50 މީހުންގެ ހާއްސަ ޓީމެއް ވަނީ ނުރައްކާތެރި ކުށްވެރިން ހޯދުމަށް ބުދަ ދުވަހު އެގައުމުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ.





More from One Online