ސްޕެއިންގެ ސަރުކާރުން، ފުޓުބޯޅަ އިދާރާ ނޯމަލައިޒްކޮށްފި!

Fri, 26 Apr 2024 03:18 PM

View on this article on One Online

ސްޕެއިންގެ ސަރުކާރުން، ފުޓުބޯޅަ އިދާރާ ނޯމަލައިޒްކޮށްފި!

ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ހާލަތު ގޯސްވެ، އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އާރުއެފްއީއެފްގެ ކަންކަން ބަލަހައްޓައި، ފުޓްބޯޅަ ކޮންޓްރޯލް ކުރަން ސްޕެއިން ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

ސްޕެއިން ސަރުކާރުން ފުޓުބޯޅައަށް ހާއްސަ ކޮމިޓީއެއް ނަގާފައި ވަނީ ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ކޮރަޕްޝަންގެ މައްސަލަ ބޮޑުވެ، އިދާރާ ގޯސްތައް ރަނގަޅުކޮށް އިންތިހާބެއް ބާއްވަން ދެންނެވެ. ސްޕެއިން ފުޓުބޯޅަ އިދާރާގެ ރައީސް ލުއިސް ރުބިއަލެސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން މިހާރު ހުރީ ހައްޔަރު ކޮށްފައެވެ.

އޭގެ އިތުރުން ރުބެލިއަސްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް ދަނީ އިދާރާތަކުން ބަލަމުންނެވެ. އެއީ މިދިޔަ ހޫނު މޫސުމުގެ އަންހެން ވޯލްޑް ކަޕް ފައިނަލަށްފަހު، ސްޕެއިންގެ ޖެނީ ހާމޯސޯއަށް ބޮސްދިން މައްސަލައެއްގައެވެ.

ސްޕެއިންގެ ސަރުކާރުން، ގައުމީ ކުޅިވަރު ކައުންސިލުން ފުޓުބޯޅަ އިދާރާގެ ކަންކަން ނިންމަން ހާއްސަ ކޮމިޓީއެއް ހަދާފައިވާ އިރު، ސަރުކާރުން ބުނެފައި ވަނީ ކޮމިޓީ އުފެއްދީ ފުޓުބޯޅަ އިދާރާގައި އުފެދިފައިވާ ދަތިތަކަށް ހައްލު ހޯދައި، ސްޕެއިންގެ ކުޅިވަރުގެ އާންމު މަސްލަހަތު ދިފާއުކުރުމުގެ ގޮތުން ކަމަށެވެ.

ކުޅިވަރު ކައުންސިލުން ބުނީ މިވަގުތު ފުޓުބޯޅައިގެ ޒިންމާ އުފުލާނީ އެކުލަވާލި ކޮމިޓީން ކަމަށާއި، ކޮމިޓީގައި ތިބޭނީ "ޝަރަފުވެރި މިނިވަން ބަޔަކު" ކަމަށެވެ.

ގައުމުތަކުގެ ފުޓުބޯޅަ އިދާރާތަކަކީ ފީފާއާއި އެ ބައްރެއްގެ ފުޓުބޯޅައިގެ މައި އިދާރާތަކުން މިނިވަން ކޮށް، ތިންވަނަ ފަރާތަކަށް ފުރުސަތު ނުދީ ހިންގާ އިދާރާތަކެއް ކަމަށްވުމާއެކު، ސަރުކާރުން ފުޓުބޯޅައަށް ވަނުން ފީފާއާއި ޔޫއެފާއިން ދަނީ ގާތުން ބަލަމުންނެވެ.

"ފީފާއާއި ޔޫއީފާއިން ދަނީ މައްސަލައިގައި އިތުރު ތަފްސީލު ހޯދައި، އެކަން ގާތުން ބަލަމުން. ސީއެސްޑީގެ ނަމުގައި އުފެއްދި ސުޕަވިޝަން، ނޯމަލައިޒޭޝަން އެންޑް ރެޕްރެޒެންޓޭޝަން ކޮމިޝަނަކީ މިނިވަން ކޮމިޝަނެއްކަން ޔަގީންކުރުން އެއީ މުހިއްމު ކަމެއް. އެއީ ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ގަވާއިދުގައި ބުނެފައިވާނެ، އެ އިދާރާގެ ކަންކަންކަމަށް ތިންވަނަ ފަރާތެއް ނުވެއްދޭނެ ކަމަށާއި، އެ އިދާރާގެ ކަންކަން ނިންމަން ޖެހޭނީ މިނިވަން ކޮމިޝަންތަކުން ކަމަށް. ފީފާއާއި ޔޫއެފާގެ ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވެއެވެ.





More from One Online