ދުންފަތުގެ މުއާމަލާތު ކުރެވޭ އެންމެ ހަގު އުމުރު 21 އަހަރަށް ބަދަލުކުރަން ނިންމައިފި

Tue, 22 Oct 2024 09:09 AM

View on this article on NewsLab

ދުންފަތުގެ މުއާމަލާތު ކުރެވޭ އެންމެ ހަގު އުމުރު 21 އަހަރަށް ބަދަލުކުރަން ނިންމައިފި

ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރުގެ ގޮތުގައި ކަނޑައެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.



ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިޤާނޫނަށް ގެނައުމަށް އެމަނިކުފާނު ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި،

  • ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމާއި،

  • ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމުގައި ކަނޑައެޅުމާއި،

  • މިޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ މައްޗަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުން ވެސް ހިމެނެއެވެ.

މިމަހުގެ 14 ވަނަ ދުވަހު ރައީސް ވަނީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރަން ކަނޑައަޅައި އެކަން އިއުލާންކޮށްފައެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 2024 ޑިސެމްބަރ 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



More from NewsLab