ބާ ކައުންސިލްގެ އެކްސްކޯއަށް އާރިފް އިންތިޚާބު ކުރައްވައިފި

Mon, 21 Oct 2024 11:31 PM

View on this article on NewsLab

ބާ ކައުންސިލްގެ އެކްސްކޯއަށް އާރިފް އިންތިޚާބު ކުރައްވައިފި

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް ކުރީގެ އިންތިގާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އިންތިޚާބު ކުރައްވައިފިއެވެ.



މިއަދު ބާ ކައުންސިލުން ބޭއްވި އިންތިޚާބުގައި 747 ވަކީލުން ވޯޓުލާން ރަޖިސްޓްރީވެފައިވާއިރު، ވޯޓު ލާފައި ވަނީ އޭގެ ތެރެއިން 248 ވަކީލުންނެވެ.

މީގެތެރެއިން އަބްދުއްސަލާމް އެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައި ވަނީ 140 ވޯޓުންނެވެ. އަދި އެ ބޭފުޅާ އެމަޤާމަށް އިންތިޚާބު ކުރަން ނުފެންނަ ކަމަށް 108 ވަކީލަކު ވަނީ ވޯޓު ދީފައެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމަށް އައްޔަން ކުރާ މެންބަރުންނަކީ ޤާނޫނީ ފަންނު ކުރިއަރުވައި، އަންނަން އޮތް ޖީލުތަކުގެ ޤަނޫނީ ވަކީލުންނަށް ފުރުސަތުފަހިކޮށްދީ، ވަކީލުން ބާރުވެރިކުރުވުމަށާއި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ޒިންމާ ޤާނޫނީގޮތުން މަތިކޮށްފައިވާ ފަރާތެކެވެ.

މި މަޤާމަށް އިންތިޚާބުކުރެވޭ މެންބަރުންގެ ދައުރަކީ 3 އަހަރު ދުވަހެވެ.

ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގައި ބަންޑާރަ ނައިބު ހިމެނުން އުނިކުރުމުން މިހާރު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވަނީ އަށް މެންބަރުންނެވެ. އަދި މިއަދު އިންތިހާބު މެންބަރާއިއެކު އެކްސޯގެ އަދަދު 9 އަށް އަރާނެއެވެ.



More from NewsLab