ވެރިކަން ލިބިއްޖެނަމަ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނަން: ޑރ.މުޢިއްޒު

Wed, 06 Sep 2023 07:04 PM

View on this article on Naares

ވެރިކަން ލިބިއްޖެނަމަ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނަން: ޑރ.މުޢިއްޒު

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ލިބިއްޖެނަމަ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.



މާލެ ސިޓީގައި ދޮރުން ދޮރަށް ހިންގެވުން ފެށުމަށް ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ގެދޮރުގެ މައްސަލަ އާއި ޕާކިންގެ މައްސަލަ އާއި ކުނީގެ މައްސަލަ ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ވެމްކޯ އިން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއްވާ ގޮތަށް އަގުތައް ބޮޑުކޮށްގެން ނުކަތާ ވަރުގެ ބުރައެއް ޖައްސާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރައްވައި މި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި މާލެ ސިޓީން ވޯޓު ދެއްވައި ވެމްކޯގައި ހުރި އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ބޮޑު އަގުތައް ކުޑަކޮށްދީ ރައްޔިތުންނަށް ފޯރާވަރުގެ އަގުތަކަކަށް ހަދައި ދޭނަން،” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅވީ ވެމްކޯ އިން އަގުތައް ބޮޑުކޮށްގެން އުޅެނީ ކުންފުންޏަށް ފައިދާއެއް ނުވާތީ ނޫން ކަމަށާއި ހިންގަން ނޭނގޭތީ ކަމަށެވެ. އަދި ކުންފުނި ރީސްޓްރަކްޗާކޮށް ގާބިލް ބޭފުޅުން އައްޔަން ކުރާ ނަމަ، ދެކޮޅު ޖެހޭ ފައިދާވާ ތަނަކަށް ހެދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުވެގެން ދަނީ ކުންޏަށް ގިނަ އަދަދެއްގެ ފައިސާ ދޭން ޖެހޭތީއެވެ. މާލޭގައި އެންމެ ކޮމަން އެއް ކަމަކަށް އޮތީ ވެމްކޯގެ އަގުތައް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ، ވެމްކޯގެ އަގުތަކަކީ ދެކޮޅު ޖެހޭ އަގުތަކަށް ހަދައިދީ، އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



More from Naares