އިންޑިޔާގެ މަހާރާޝްތުރާގައި މުސްލިމް ސިޔާސީ ލީޑަރެއް މަރާލައިފި

Sun, 13 Oct 2024 09:47 PM

View on this article on Naares

އިންޑިޔާގެ މަހާރާޝްތުރާގައި މުސްލިމް ސިޔާސީ ލީޑަރެއް މަރާލައިފި

އިންޑިޔާގެ މަހާރާޝްތުރާ ސްޓޭޓުގެ އިންތިޚާބު ކައިރިވެފައި ވަނިކޮށް، އެ ސްޓޭޓުގެ ކުރީގެ މިނިސްޓަރުކަން ކުރައްވާފައިވާ މުސްލިމް ސިޔާސީ ލީޑަރެއް މަރާލައިފިއެވެ.



66 އަހަރުގެ ބާބާ ސިއްދީޤީ މަރާލާފައިވަނީ މުންބާއީގައި އޭނާގެ ދަރިފުޅުގެ އޮފީހުގެ ކައިރީގައި ބަޑިން ހަމަލާދީގެންނެވެ. އޭނާގެ ގަޔަށް ތިން ފަހަރެއްގެ މަތިން ވަޒަން އަރައިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ގެންދިޔައީ މުންބާއީގެ ލީލަވަތީ ހޮސްޕިޓަލަށެވެ. ނަމަވެސް ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވެފައިވެއެވެ.

ސިއްދީޤީ އަކީ ކުރިން ކޮންގްރެސް ޕާޓީއާ ގުޅިފައިވާ ސިޔާސީ ލީޑަރެކެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ) އަށް ބަދަލުވެފައެވެ. އެންސީޕީ އަކީ މިހާރު މަހާރާޝްތުރާ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

މި މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި އިތުރު މީހަކު ހޯދަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. އެން.ޑީ.ޓީ.ވީ އިން ބުނާ ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުން ބުނެފައިވަނީ އެމީހުންނަކީ ލޯރެންސް ބިޝްނޯއީގެ ގޭންގުގެ ބައެއް ކަމަށް ބެލެވެއެވެ. ބިޝްނޯއީ އަކީ ގިނަ އަދަދެއްގެ މީހުން މެރުމުގެ ތުހުމަތުގައި ޖަލުގައި ހުރި މީހެކެވެ.

މި މަރުގެ ހާދިސާއާ ގުޅިގެން އެންސީޕީގެ އިސްވެރިޔާ އަދި މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތް ޕަވާރު ވަނީ ސިއްދީޤީގެ މަރާމެދު ހައިރާންވެފައިވާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނާ ގޮތުގައި މި މަރުގެ މައްސަލައިގައި ކުށްވެރިންގެ ގޭންގުތަކުގެ ދައުރު ބަލަމުންދެއެވެ. ސިއްދީޤީ އަކީ ބޮލީވުޑްގެ ބޮޑެތި ތަރިންނާ ގާތް ގުޅުމެއް އޮންނަ، އަދި ބޮޑެތި ޕާޓީތައް ބާއްވާ މީހެއްގެ ގޮތުގައިވެސް މަޝްހޫރު މީހެކެވެ.



More from Naares